މިފަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް ދޭ ފައިސާގެ އިނާމަކީ 27 މިލިއަން އެމެރިކާާ ޑޮލަރެވެ.
މިއީ އެންމެ ފަހުން ރަޝިއާގައި 2018 ވަނަ އހަރު ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ތިން ވަނަ ހޯދި ޓީމަށް ދިން ފައިސާގެ އިނާމަށް ވުރެ ތިން މިލިއަން އިތުރ އަދަދެކެވެ.
މުބާރާތުގެ ތިންވަނަ ހޯދާ ޓީމަށް 27 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު، ހަތަރުވަނަ ހޯދާ ޓީމަށް ދިނުމަށް ނިންމާފައިވަނީ 25 މިލިއަން ޑޮލަރެވެ. މިއީ އެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕުގައި ތިން ވަނަ ހޯދި ޓީމަށް ދިން ފައިސާގެ އިނާމަށް ވުރެ އެއް މިލިއަން އިތުރު އަދަދެކެވެ.
މިފަހަރުގެ މުބާރާތުގެ ރަނަރަން ޓީމަށް 30 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ނިންމާފައިވަނީ 42 މިލިއަން ޑޮލަރެވެ. މިއީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ޗެމްޕިއަނުންނަށް ދިން އަދަށް ވުރެ ހަތަރު މިލިއަން ޑޮލަރު އިތުރު އަދެދެކެވެ.
މުބާރާތުގެ ރައުންޑް އޮފް 16 އަށް ދަތުރުކުރި ކޮންމެ ޓީމަކަށް 13 މިލިއަން ޑޮލަރު ލިބޭއިރު، ކުއާޓާ ފައިނަލަށް ދަތުރު ކުރި ޓީމުތަކަށް ދޭން ނިންމާފައިވަނީ ކޮންމެ ޓީމަކަށް 17 މިލިއަށް ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް