ގާނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ

މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން އެފްރިކާގެ ޗެމްޕިއަން ގާނާ ވަކިވާން ޖެހުނުއިރު، އެޓީމުގެ ކޯޗަކަށް ހުރި އޮޓޫ އެޑޫ ވަނީ އެ މަޤާމުން އިސްތިއުފާ ދީފައެވެ....

17 Dec 2022 | 05:03

މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން އެފްރިކާގެ ޗެމްޕިއަން ގާނާ ވަކިވާން ޖެހުނުއިރު، އެޓީމުގެ ކޯޗަކަށް ހުރި އޮޓޫ އެޑޫ ވަނީ އެ މަޤާމުން އިސްތިއުފާ ދީފައެވެ. އެހެން ކަމުން މިވަގުތު ގާނާގެ ކޯޗުގެ މަޤާމު އޮތީ ހުސްކޮށެވެ. މިހެން ކަމުން އެ މަޤާމު ފުރުމަށް ރަނގަޅު ކޯޗެއް ހޯދުމަށް ގަނާއިން މަސައްކަތް ކުރަމުން އަންނައިރު، އެ ގައުމުން ވަނީ ހަ ކޯޗެއްގެ ނަން ޝޯޓްލިސްޓު ވެސް ކޮށްފައެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލްގެ ނަމެވެ. އެހެންކަމުން ގާނާއިން މިހާރުވަނީ ޓުޗެލްއާއި އެކު މަޝްވަރާތައް ވެސް ފަށާފައެވެ. އަދި މި މަޝްވަރާތަކަށް ތަކަށް ފަހު ނިންމާ ނިންމުނަތައް ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

ގާނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނާގެ ހުސްވެފައިވާ ކޯޗުގެ މަޤާމަށް ގެނައުމަށް ބޭނުން ވަނީ ފެންވަރު ރަނގަޅު، ގާނާ ޓީމަށް ކުރިއެރުންތަކެއް ހޯދައި ދެވިދާނެ ފަދަ ކޯޗެއް ކަމަށެވެ. އެގޮތުން މިހާރު އެކުލަވާލާފައިވާ ހަ ކޯޗުން ނަކީވެސް އެފަދަ ހައި ޕްރޮފައިލް ކޯޗުން ކަމަށް އެފަރާތުން ބުނެއެވެ.

އަދި މި ހަ ކޯޗުންގެ ލިސްޓަކީ ގާނާގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެޓީމުގެ ބޯޑާއި ދެމެދުު ކުރެވުނު މަޝްވަރާތަކަށް ފަހު ޝޯޓްލިސްޓު ކުރެވުނު ހަ ކޯޗުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ގާނާއިން ޝޯޓްލިސްޓު ކޮށްފައިވާ ހަ ކޯޗުންގެ ތެރޭގައި ހިމެނެނީ ތޯމަސް ޓުޗެލްގެ އިތުރުން ޑްރެގަން ސްޓެންކޮވިޗް، ޖޯޖް ބޯޓޭންގް، ކްރިސްޓޮފާ ވިލިއަމްސް، ޓޮމް ސެއިންޓްފީޓްގެ އިތުރުން ޕައުލޯ ބެންޓޯއެވެ.

މި ހަ ކޯޗުންނާއި އެކު ލިސްޓުގެ ތަރުތީބުން މަޝްވަރާތައް ކުރިޔަށް ދާނެ ކަމަށް ގާނާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ގާނާ ލައްވާލީ ޕޯޗުގަލް، އުރުގުއޭ އަދި ކޮރެއާ ރިޕަބްލިކާއި އެކު ގުރޫޕް އެޗްގައެވެ. ގާނާ މުބާރާތާއި ވަކިވީ އެޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން މޮޅުވެ ތިން ޕޮއިންޓާއި އެކު ގުރޫޕުގެ އެއްމެ ފުލުގައި އޮވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް