އުމުރު ގުނުމުގެ އުސޫލު ދެކުނު ކޮރެއާގައި އޮންނަނީ ބައިނަލް އަގްވާމީ މިންގަނޑާއި ތަފާތުކޮށެވެ.
އެގައުމުގައި އުފަންވާ ކުދިން އުފަންވާއިރު ގުނަނީ އެއް އަހަރުން ފެށިގެނެވެ. އެހެންނަމަވެސް އަންނަ ޖުލައި މަހުން ފެށިގެން ދެކުނު ކޮރެއާގައި ބައިންލްއަގްވާމީ މިންގަޑަށް އުމުރު ގުނުމުގެ ސިސްޓަމް ބަދަލު ކުރުމަށް ގާނޫނު ހަދާ މަޖިލީހަސް ބިލެއްވަނީ ހުށަހަޅާފައި އެވެ.
ދެކުނު ކޮރެއާގެ ރައްޔިތުންގެ އުމުރު ފުރެނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ އެކަކުންނެވެ. އެމީހެއްގެ އަސްލު އުފަންވާ ދުވަހުން ފެށިގެން ގުނުމެއް އެގައުމުގައި ނޯވެއެވެ.
އެ އުސޫލުން މި ޑިސެމަބަރުގައި އުފަންވާ ކުދިންނަށް އެއްމަސް ފަހުން ދެއަހަރުވާނެއެވެ، ސަބަބަކީ އުފަންވާއިރު ފުރިފައި އޮންނަ އަހަރާއި އާ އަހަރު ފެށުމާއެކު އިތުރު އަހަރެއް ފުރުމުމެވެ.
އެގައުމުގައި މިއުސޫލު އަމަލު ކުރާތާ ޒަމާންތަކެއް ވެފައި ވީނަމަވެސް، 1960 ވަނަ އަހަރުން ފެށިގެން ސިއްހީ އަދި ގާނޫނީ މުހިއްމު ލިޔެކިޔުންތަކުގައި އުމުރު ލިޔަނީ ބައިނަލްއަގުވާމީ އުސޫލުންނެވެ.
އުމުރު ގުނުމުގެ އުސޫލު ބަދަލުކުރުމަށް ހުށަހެޅީ އުމުރު ގުނާގޮތުން އުފެދޭ އިޖްތިމާއީ އޮޅުން ބޮޅުންތައް ނައްތާލުމުގެ ބޭނުމުގައި ކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން ބުނެފައިވެ އެވެ.
އޭރުން ދެން ދެކުނު ކޮރެއާއަށް އަލަށް ކުދިންގެ އުމުރު ގުނަންފަށާނީ ސުމަކުންނެވެ، އަދި މީހހުން އެއް އަހަރު ނުވަތަ ދެ އަހަރު ހަގުވާނެއެވެ.
ޖެނުއަރީ އެކެއް އެއީ ރަސްމީ ލިޔެކިޔުންތަކުގައި ހުރިހާ ރައްޔިތުންގެ އުފަން ދުވަސް ކަމުގައި ބަލާ އެހެން ގައުމުތަކެއްވެސް ހުރެ އެވެ. އޭގެ ތެރޭގައި ބޫޓާން، އަފްގާނިސްތާން އަދި އެފްރިކާގެ ބައެއް ގައުމުތައްވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް