ގިރާވަރުފަޅު ހިއްކުމަށްފަހު ސިޓީއެއް ތަރައްޤީކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީ އިން އިއުލާންކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިޢުލާނުގައި ބުނީ ގިރާވަރުފަޅު ތަރައްޤީކުރުމަށް ހުޅުވާލާފައި ވަނީ ކްރޮސް ސަބްސިޑީ އުސޫލުން ކަމަށެވެ. އަދި މި ފުރުސަތު ހުޅުވާލާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދުގެ ތެރެއިން އެ މަޝްރޫޢުގައި ފައިނޭންސް ކުރުމަށް ހުޅުވާލާފައި ވަނީ ގިރާވަރު ފަޅުގައި ރެސިޑެންޝަލް ސިޓީ އެއް ތަރައްޤީކުރުމަށްޓަކާ ކަމަށާއި މި މަޝްރޫޢުއަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 5،000،000 ޔޫއެސް ޑޮލަރު ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ބިޔަ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ޚައްސަކޮށްގެން ގިރާވަރު ފަޅުން 2000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް