ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގާ ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލައިގާ ވަކީލަކު އައްޔަން ކުރަން އަދީބަށް އެއް މަސް ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.
ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އަދީބަށް ދީފައިވަނީ މަގާމުގެ ހައިސިއްސަތު ނާޖާއިޒް ގޮތުގައި ބޭނުންކުރި ކަމަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގައި އަދީބަށް 30 ދުވަހުގެ މުއްދަތެއް ދޭން ނިންމީ ގިނަ ވަކީލުން ސަސްޕެންޑްކޮށްފައިވާކަމަށް ބުނެ ވަކީލަކު އައްޔަން ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ގާޒީ ކުރެން އަދީބު އެދުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް