އަދީބު އާއި ޒިޔަތު ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތުން އެދިއްޖެ

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ފެށި ތަހުގީގާއެކު ފެންމަތިވި މައްސަލަ ތަކުގެ ތަހުގީގަށް ކުރީގެ ނައިބު ރައީ އަހުމަދު އަދީބު އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކ...

17 Dec 2015 | 12:29

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ފެށި ތަހުގީގާއެކު ފެންމަތިވި މައްސަލަ ތަކުގެ ތަހުގީގަށް ކުރީގެ ނައިބު ރައީ އަހުމަދު އަދީބު އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކޯޓަށް ހާޒިރު ކުރުމަށް މިއަދު ދައުލަތުން އެދިއްޖެ އެވެ.

މިގޮތަށް ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުގައި އަދީބާއި ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގަ އެވެ.

އެގޮތަށް އެދުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ދެމީހުން ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ޝަރީއަތް ފަށާފައިވާއިރު މިއަދު ކުރިއަށް ގެންގޮސްފައިވަނީ އަދީބު ރަސްމީ ހައިސިއްޔަތުން ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ޝަރީއަތެވެ. ޒިޔަތުގެ މައްޗަށް އުފުލާފައި ހިޔާނާތްތެރިވި ކަމުގެ ދައުވާ އުފުލާފައިވާއިރު މިއަދުގެ ޝަރީއަތުގައި ޒިޔަތު ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް