ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ރޭލަކާއެކު ސެލްފީއެއް ނަގަން އުޅުނު ޕާކިސްތާނު ޒުވާނަކު ރޭލު ދަށުވެ މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ރާވަލްޕިންޑީ ސިޓީގައި އިއްޔެގެ ވަގުތެއްގަ އެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ޖަމްޝީދް ޚާން އެވެ.
ޖަމްޝީދު ޚާން އަކީ އެ ސަރަހައްދުގެ ރޭލްވޭ ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އޭނާ މަރުވެފައިވަނީ ރަހުމަތްތެރިންނަށް ގޮތް ދައްކަން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ރޭލަކާއެކު ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި އެ ރޭލު ދަށުވެ ޗިސްޗިސް ވެގެންނެވެ.
ޕާކިސްތާނުގެ ފުލުހުން ބުނެފައިވަނީ ޖަމްޝީދު ޚާން މަރުވިކަން އޭނާގެ އާއިލާއަށް މިހާރު އަންގާފައި ވާކަމަށެވެ.
އާދަޔާ ހިލާފު ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ޖަމްޝީދު ޚާން މަރުވެފައިވާއިރު އެމެރިކާގެ ސިޓީއެއް ކަމަށްވާ ހައުސްޓަންގައި ބަޑިއަކާއެކު ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އުމުރުން 19 އަހަރުގެ ޒުވާނަކު މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަރުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް