ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އާއި ތޮލްހަތު އިބްރާހިމް ކަލޭފާނު އަނެއްކާވެސް ހިންމަފުށީ އައްސޭރި ޖަލަށް ބަދަލު ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ދެބޭފުޅުންވެސް ހިންމަފުށީ އައްސޭރި ޖަލަށް ބަދަލުކޮށްފައިވަނީ މިއަދު ހެނދުނު ކަމަށާއި އެކަން ކޮށްފައިވަނީ އާންމު އުސޫލުގެ ދަށުން ކަމަށެވެ.
ނާޒިމް އާއި ތޮލްހަތުގެ އިތުރުން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މާފުށި ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ބަދަލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ނާޒިމާއި ތޮލްހަތު އަނެއްކާ ވެސް ހިންމަފުށި އައްސޭރި ޖަލަށް ބަދަލު ކުރި އިރު މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހުމަދު ނާޒިމު ހުންނެވީ ބޭސްފަރުވާއަކަށް ސިންގަޕޫރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް