މާލޭ ގެއެއްގެ ކޮޓަރިތެރެއިން މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކާއި ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒު ފަސް ރަބަރު ޕެކެޓާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި މައްސަލާގައި ފުލުހުންގ...

17 Dec 2015 | 08:09

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒު ފަސް ރަބަރު ޕެކެޓާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 20 އަހަރުގެ ދެ ފިރިހެނުންނާއި  22 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނުގައި 2015 ޑިސެމްބަރ 15 ވަނަ ދުވަހުގެ 13:12 ހާއިރު މާލޭގެ ގެއެއްގެ ކޮޓަރި ތެރެއިން ކަމަށެވެ.

"މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ފަސް ރަބަރު ޕެކެޓު ފެނިފައިވަނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުން ތިބި ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެވަގުތު އެމީހުން ތިބި ކޮޓަރި ތެރެއިން، މީގެއިތުރުން އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ބައެއް ސާމާނު ފެނިފައިވޭ" ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިޔުމަށް މުއްދަތެއް ދީފައި ވާކަމަށެވެ. އެގޮތުން  17 އަހަރުގެ ފިރިހެން ކުއްޖާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 20 އަހަރުގެ ދެ މީހުންނަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށާއި އަދި 22 އަހަރުގެ މީހާއަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް