މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ސިފައިންގެ ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ފަސްވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މިމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި ތިން މީހުންނަކީ އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް(އީއޯޑީ) ޔުނިޓުގައި އިސްކޮށް ހަރަކާތްތެރިވާ ލެފްޓިނެންޓް ތިހާމްއާއި، ސާޖެންޓު މޫސާ ޒަމީރާއި، މުހައްމަދު ޖަވާޒުގެއެވެ. މި ތިން މީހުންގެ ބަންދުގެ މުއްދަތު ވެސްވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގާ މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް