ގޮތް ނޭނގޭ ބަޔަކު ހަތިޔާރާއެކު އައިސް ގަތަރަށް ނިސްބަތްވާ 26 މީހަކު ސައުދީ ބޯޑަރު ކައިރިން ރަހީނު ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިއްޔެ ހިނގި މި ހާދިސާގައި 26 މީހަކު ރަހީނުކޮށްފައިވަނީ ލޮރީތަކެއްގައި ހަތިޔާރުތަކާއެކު އައި ގްރޫޕަކުން ކަމަށެވެ. ސައުދީ ރަށްބޭރުން ރަހީނުކުރި 26 މީހުންނަކީ އެ ސަރަހައްދުގައި ސިކާރަ ކުރުމަށް ކޭމްޕު ޖަހައިގެން އުޅުނު ބައެއް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެ ސަރަހައްދުގެ ކަމަބެހޭ ފުލުހުންވަނީ އެކަން ހިނގާފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އަދި ރަހީނުކުރި މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް