އީރާނުން ސިއްރިއްޔާތުގައި ރަޝިޔާއާއެކު ހާއްސަ ބައްދަލުވުމެއް ބާއްވާފައިވާކަމަށް އީރާނުގެ ނޫހަކުން ބުނެފި

އީރާނުގެ ފޮރިން ކޮމާންޑަރު ރަޝިޔާއަށް ކުރެއްވި ދަތުރެއްގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް އީރާނުގެ ނޫހަކުން ރިޕޯޓް ކޮށްފި އެވެ. އީރާނުގެ ނޫސް އ...

17 Dec 2015 | 02:37

އީރާނުގެ ފޮރިން ކޮމާންޑަރު ރަޝިޔާއަށް ކުރެއްވި ދަތުރެއްގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް އީރާނުގެ ނޫހަކުން ރިޕޯޓް ކޮށްފި އެވެ.

އީރާނުގެ ނޫސް އޭޖެންސީއެއް ކަމަށްވާ ފާ ނޫސް އޭޖެންސީން ބުނެފައިވަނީ އީރާނުގެ ފޮރިން އޮޕަރޭޝަންސް ކޮމާންޑަރު ގައްސާމް ސޮލެއިމާނީ ޖުލައި މަހު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ކުރެއްވި ޒިޔާރަތުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އާއެކު ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާކަން އެ ނޫހަށް ކަށަވަރުވެފައިވާކަމަށާއި އަދި އެ ނޫސް އޭޖެންސީއަށް އެކަމުގެ ހެކި ލިބިފައިވާކަމަށެވެ.

ފާ ނޫސް އޭޖެންސީން މިހެން ބުނި ނަމަވެސް ގައްސާމްގެ ތަރުޖަމާނު ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ އެއްވެސް ސިއްރު ބައްދަލުވުމެއް ރަޝިޔާއާއެކު ބާއްވާފައި ނުވާނެ ކަމަށާއި ރަޝިޔާއާއެކު ސިއްރު ގުޅުމެއް އީރާނުން ނުބާއްވާ ކަމަށެވެ.

ނަމަވެސް މެދުއިރުމަތީގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ސީރިއާގެ ރައީސް ބައްސާރުލް އަސަދު ވެރިކަމުގައި ހުންނެވުމަށް އެންމެބޮޑަށް އެހީވެދެނީ ރަޝިޔާއާއި އީރާނުންނެވެ. އެގޮތުން އީރާނުގެ ދާހިލީ ހަނގުރާމައިގާ އަސަދަށް ފަންޑު ކުރަނީ ރަޝިޔާއާއި އީރާނުން ކަމަށް ދެކެވޭ ވާހަކަތަކަށް ގިނަ މުރާސިލުން ބާރު ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް