ރާއްޖެއަކު މިހާރަކު ގޭންގެއް ނެތް – އެކުދިން އެކަން ހުއްޓާލައި އަބުރުވެރި ނޯމަލް ލައިފަކަށް ގޮސްފި: ރައީސް

ގޭންގު ކެޓަގަރީއަށް ފެތޭ ގޭންގެއް މިހާރަކު ރާއްޖޭގައި ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބ...

17 Nov 2025 | 18:56
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ -

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ -

ގޭންގު ކެޓަގަރީއަށް ފެތޭ ގޭންގެއް މިހާރަކު

ރާއްޖޭގައި ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސަރުކާރަށް ދެ

އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު

ދައްކަވަމުންނެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ

ގޭންގުތަކުގައި ކުރިން އުޅުނު ހުރިހާ ފަރާތްތަކަކުން އެކަން ހުއްޓާލާފައިވާއިރު އެ

ކުދިން އެކަން ހުއްޓާލައި މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅުމެއް

އުޅެވޭތޯ އާދައިގެ ދިރިއުޅުމަކަށް ގޮސްފައިވާކަމަށެވެ.

ރައީސް މިރޭ މިހެން ވިދާޅުވެފައިވާއިރު ގޭންގުތަކާއި

ރާވައިގެން ހިންގާ ކުށްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭގޮތަށް ހެދި ގޭންގު

ކުށްތަކުގެ ޤާނޫނަށް މި އަހަރުގެ އޯގަސްޓްމަހު ޢަމަލުކުރަން ފަށާފައިވާއިރު އެ ޤާނޫނުގެ

ދަށުން އަދި މިހާތަނަށް އެއްވެސް ގޭންގެއް ކަނޑައަޅައި ލިސްޓުކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް