N/A
ރޭޕަކާއި ގުޅުންހުރި މައްސަލައެއް ސީރިއަސް މައްސަލައެއްގެ
ގޮތުގައި ތަޙްޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިރޭ ބުނެފައިވަނީ އިއްޔެގެ
ހަވީރުގެ ވަގުތެއްގައި، މާލޭ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު
އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
"އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު
ކުރެވިގެން، ހަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހޮސްޕިޓަލުން އެ
މަޢުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ރޭޕުގެ ޝިކާރައަކަށް ވެފައިވަނީ 24 އަހަރުގެ ދިވެހި
އަންހެނެކެވެ.
ފުލހުން އިތުރަށް ބުނެފައިވަނީ އަނިޔާ ލިބިފައިވާ
ފަރާތަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދެމުން
އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް