މާ އެނގިގަނެގެން ދޮގު ފަތުރާނެ ކަމެއް ނެތް - އައި ވިލް ނެވަރ ބީ ފޮރ ސޭލް: ރޮޒޭ

ރޮޒެއިނާ ޕީއެންސީއަށް ސޮއި ކުރާ ކަމަށް ބުނެ ވާހަކަތަކެއް ފަތުރަމުން ދާތީ ރުޅިގަދަވެ އެކްސްއަށް ޕޯސްޓެއް ދޫކޮށްލައިފިއެވ. މިކަމާ ގުޅިގެން ރޮޒޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރޮޒޭނާއޭ ކިޔައިގެން ދ...

17 Nov 2025 | 13:51
ރޮޒައިނާ އާދަމް - ފޮޓޯ: އެމްޑީޕީ

ރޮޒައިނާ އާދަމް - ފޮޓޯ: އެމްޑީޕީ

ރޮޒެއިނާ ޕީއެންސީއަށް ސޮއި ކުރާ ކަމަށް ބުނެ ވާހަކަތަކެއް ފަތުރަމުން ދާތީ ރުޅިގަދަވެ އެކްސްއަށް ޕޯސްޓެއް ދޫކޮށްލައިފިއެވ.

މިކަމާ ގުޅިގެން ރޮޒޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރޮޒޭނާއޭ ކިޔައިގެން ދައްކަނީ ރޯ ބުހުތާނު ދޮގު ކަމަށެވެ.

އަދި ރޮޒޭނާ ބުނީ، އޭރު އެންމެ ފުރަތަމަ އެމްޑީޕީއަށް ސޮއި ކުރީ ރައީސް ޔާމިން ހުވާ ކުރިތާ މަހެއް ނުވަނީސް ކަމަށްށެވެ. އަދި އޭރު ހުރި މަގާމަކީ އެއީ އެމްޑީޕީން ކޮށްދިން ކަމެއް ނޫން ކަން ފާހަގަ ކުރަމުން ރޮޒޭނާ ބުނީ، އެއީ ރައްޔިތުންގެ ވޯޓުން ހޯދި މަގާމެއް ކަމަށެވެ.

ޕީއެންސީ ސަރުކާރުގަ އޮތުމަކީ ޕީއެންސީއަށް ރޮޮޒޭނާ ސޮއެ ކުރަންޖެހޭ ސަބަބެއްނޫން ކަމަށާއި، އަދި މިވަގުތު މިސަރުކާރުގެ ކަންކަން ހުރިގޮތުން މިސަރުކާރަށް ތާއީދު ކުރަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް ރޮޒޭނާ ބުނެފައި ވެއެވެ.

އަޅުގަނޑު ވަރަށް ލޯބިން ކުރިއަރުވަން މަސައްކަތްކުރި އަޅުގަނޑު ކުރިން ތަމްސީލުކުރި މީދޫ ދާއިރާއަށް މިސަރުކާރުން ގެނައި އެއްވެސް ކުރިއެރުމެއްނެތް. އެތާ އަޅުގަނޑު ހުރެގެން ފެށިމަސައްކަތްތައް މިހާރު އެހެރީ ހުއްޓިފަ. މުޅި ގައުމަށް ބަލާއިރު އަޅުގަނޑަށް ފެންނަނީ ވެރިން އަމިއްލަ އެދުން އިސްކޮށް، ބީއެމްއެލް އާ އެމްއޭސީއެލް އާ ސްޓެލްކޯއާ ދެންވެސްއޮތްތަނެއް ލޫޓުވަމުންދާ މަންޒަރު.

މީގެއިތުރުން ރޮޒޭނާ ބުނީ، ރޮޒޭނާގެ ބޮލުގަ ބަޔަކު ކިތަންމެ ދޮގު އިލްޒާމެއް އެޅުވިޔަސް، އެއީ އެއްއިރެއްގަވެސް ކޮރަޕްޝަނުން އެއްޗެއްހޯދި މީހެއްނޫން ކަމަށާއި، އަދި އެބުނާ ހުޅުމާލޭގެ 12 ގޯއްޗާ ދުނިޔޭގެ އެތަންމިތަނުން އެޕާޓްމަންޓް ލިބުނު މީހެއްވެސް ނޫން ކަމަށެވެ.

އަދި އޭނާއަށް ގުޅީ ފަޅުން ލިބުނު ގޯއްޗަކީ އެންމެންނަށް ވެސ ލިބުނު އުސޫލުން ގުރުއަތުން ލިބުނު ގޯއްޗެއް ކަމަށެވެ. އަދި އެ ގޯތި ލިބުނީ އެއްވެސް ނުފޫޒެއް ފޯރުވައިގެން ނޫން ކަމަށް ރޮޒޭނާ ބުންޏެވެ.

އެގޮޮތުން ޕީއެންސީއަށް ސޮއި ކުރިއޭ ކިޔަގެން މާ ބޮޑަށް އެނގިގަނެގެްނ ނުވަތަ އަގުވައްޓަން ދޮގު ވާހަކަ ނުފެތުރުމަށް ރޮޒޭނާ ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް