ސަރުކާރަށް ދެ އަހަރު: ފަލާހު ވިދާޅުވީ ރައީސްގެ ނިންމެވުންތަކަކީ ދުނިޔޭގެ ތާރީޚުން ޖާގަ ހޯދޭވަރުގެ ނިންމެވުންތަކެއް ކަމަށް

ދިވެހީން އެދޭ ދިވެހިރާއްޖެ ދިވެހީންނަށް އަނބުރާ ހޯއްދަވައިދެއްވުމަށް ފާއިތުވި ދެ އަހަރު ދުވަހު ވަރުބަލިކަމެއް ނެތި، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވުމަށް ޓަކައި،ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމ...

17 Nov 2025 | 05:52
އިގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރ ފަލާހް -

އިގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރ ފަލާހް -

ދިވެހީން އެދޭ ދިވެހިރާއްޖެ ދިވެހީންނަށް އަނބުރާ ހޯއްދަވައިދެއްވުމަށް ފާއިތުވި ދެ އަހަރު ދުވަހު ވަރުބަލިކަމެއް ނެތި، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވުމަށް ޓަކައި،ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމެވި މުހިންމު ނިންމެވުންތަކަކީ މި ރާއްޖޭގެ ތާރީޚުންވެސް އަދި ދުނިޔޭގެ ތާރީޚުންވެސް ޖާގަ ހޯދާނޭ ހަރުދަނާ ނިންމެވުންތަކެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރަށް ދެ އަހަރު ފުރުމުން، މަރުހަބާ ކިޔުމަށް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

‏

17 ނޮވެމްބަރު 2023 ގައި މަނިކުފާނު މި ޤައުމުގެ ނަވުގެ ހުންގާނުގައި ހިއްޕެވީ، އެ އޮޑި އަޑިނޭނގޭ މާސިންގާ ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި ބެހި އޮޔާދަނިކޮށް.‏މަނިކުފާނުގެ މަސައްކަތްޕުޅުތައް ދިވެހި ގިނަރައްޔިތުން ލޯތްބާއި އިޚްތިރާމާއި އެކު ބަލައިގަންނަކަން ޔަޤީން.

ފަލާހު ވިދާޅުވިއެވެ.

‏

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް