އެޗްޑީސީގެ ހުއްދަ ނުނަގާ ސްޓޯލް ވިއްކަމުންދާތީ ސަމާލުވާން އެދިއްޖެ

އެޗްޑީސީން ނަގަން ޖެހޭ ހުއްދަ ނުނަގާ އިވެންޓު ބޭއްވުމަށް ސްޓޯލް ވިއްކަމުން ދާތީ އެކަމަށް ސަމާލުވުމަށް ހައުސިން ކޯޕަރޭޝަން ޑިވަލޮޕްމަންޓް އެޗްޑީސީން އެދިއްޖެއެވެ. އެޗްޑީސީން ބުނީ، ހުޅުމާލޭގެ އެކި ސަރަހ...

17 Nov 2025 | 04:38
N/A

N/A

އެޗްޑީސީން ނަގަން ޖެހޭ ހުއްދަ ނުނަގާ އިވެންޓު ބޭއްވުމަށް ސްޓޯލް ވިއްކަމުން ދާތީ އެކަމަށް ސަމާލުވުމަށް ހައުސިން ކޯޕަރޭޝަން ޑިވަލޮޕްމަންޓް އެޗްޑީސީން އެދިއްޖެއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި އިވެންޓު/ފެއާރ ބޭއްވުމަށް އެޗްޑީސީން ނަގަން ޖެހޭ ހުއްދަ ނެގުމެއް ނެތި ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުން ދާކަން ފާހަގަވެފައިވާތީ، އެކަމަށް ސަމާލުވުމަށެވެ.

އަދި އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެއްޓެއްގެ ސްޓޯލެއް ގަތުމުގެ ކުރިން އެ ކޯޕަރޭޝަންގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަންއާއި ގުޅައި ޔަގީން ކުރެއްވުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އަދި ހުއްދަ ނުހޯދާ އިވެންޓު ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި، ގަތުމުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުނަގާނެ ކަން ވަނީ ފާހަގަކޮށްފައެވެ.

އަދި މެއި މަހު އެ ކޯޕަރޭޝަނުން އައުލާން ކުރި ހުޅުމާލެ ފެއާރ/ނައިޓް މާރކެޓް، ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަން: 3356112

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް