ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ހަރަދުގައި މަސްދަޅު ކޭހެއް

އަންނަ ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ހަރަދު މަސްދަޅު ކޭހެއް ދޭން ނިންމައިފި އެވެ. ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކ...

17 Nov 2024 | 17:14

އަންނަ ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ހަރަދު މަސްދަޅު ކޭހެއް ދޭން ނިންމައިފި އެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވާންޖެހޭ ތައްޔާރީތައް އެސްޓީއޯ މެދުވެރިކޮށް ވަމުންދާ ކަމަށެވެ.

ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ދީފަ އެވެ.

މީގެއިތުރުން މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލަށްވެސް ޑިސްކައުންޓް ދީފަ އެވެ.

ރައީސްގެ ރޭގެ ވާހަކަފުޅުގައި މިދިޔަ ރޯދަ މަހު ސަރުކާރުން ދިން ކާޑުގެ ބާވަތްތަކާއި ކަރަންޓާއި ފެނުގެ ޑިސްކައުންޓް ކުރިއަށް އޮތް ރޯދަ މަހު ދޭނެ ކަމަކަށް ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް