2021 ވަނަ އަހަރު ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޕުޝްޕާގެ ދެވަނަ ބައި، ޕުޝްޕާ- ދަ ރޫލްގެ ދެވަނަ ޓްރެއިލަރ އާންމުކޮށްފިއެވެ.
ޓީސީރީޒްގައި މީގެ ދެ ގަޑިއިރެއްހާއިރުކުރިން އާންމުކުރި އެ ޓްރެއިލަރއަށް ހަތަރު މިލިޔަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
ދެ މިނެޓާއި 48 ސިކުންތުގެ ދެވަނަ ޓްރެއިލަރ ގައި ޕުޝްޕާގެ ރޯލު ކުޅޭ އައްލޫ އަރްޖޫން އާއި ސިފައިންގެ މީހެއްގެ ރޯލު ކުޅޭ ފަހަދު ފާސިލް އާއި ޕުޝްޕާގެ އަނބިމީހާގެ ރޯލު ކުޅޭ ރަޝްމިކާ މަންޑަނާގެ ގިނަ މަންޒަރުތަކެއް ހިމަނާފައިވެއެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ޕުޝްޕާ 2 – ދަ ރޫލް ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުގައެވެ.
https://www.youtube.com/watch?v=1kVK0MZlbI4&t=23s
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް