ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފި

ހެންވޭރު ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ މާލެ، ހ. ސަމަރގްރީންގެ، އުމުރުން 33 އަހަރުގެ އިބްރާހިމް ޒަކަރިއްޔާއާއި ސ. ހިތަދޫ ކުރިބޯށިގެ އުމުރުން...

17 Nov 2024 | 09:08

ހެންވޭރު ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ މާލެ، ހ. ސަމަރގްރީންގެ، އުމުރުން 33 އަހަރުގެ އިބްރާހިމް ޒަކަރިއްޔާއާއި ސ. ހިތަދޫ ކުރިބޯށިގެ އުމުރުން 36 އަހަރުގެ މުހައްމަދު ޒަރީރެވެ.

ފުލުހުން ބުނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކުރި ރިޕޯޓަކާއި ގުޅިގެން މި ދެމީހުން ހައްޔަރުކޮށް، މި ދެމީހުން ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ބައެއް އިލެކްޓްރޯނިކްސް ތަކެތި ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ހޯދާފައިވާކަމަށެވެ.

އޭގެތެރޭގައި ލެޕްޓޮޕް ތަކަކާއި ޓެބްލެޓް ތަކަކާއި މޯބައިލް ފޯނުތަކެއްގެ އިތުރުން އެހެނިހެން ތަކެތި ހިމެނޭ ކަމަށާއި މި ދެމީހުންގެ ބަންދަށްވެސް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް