121 ގައުމެއްގެ ބައިވެރިންނާއެކު މެކްސިކޯގައި ކުރިއަށްގެންދިޔަ މިސް ޔުނިވާސް 2024 ގެ އެއްވަނަ ޑެންމާކުގެ ވިކްޓޯރިއާއަށް ލިބިއްޖެއެވެ.
އުމުރުން 21 އަހަރުގެ ވިކްޓޯރިއާއަކީ ގާނޫނީ ވަކީލެއްގެ އިތުރުން މޮޅު ނެށުންތެރިއެކެވެ. އަދި ކާމިޔާބު ވިޔަފާރިވެއެއްވެސް މެއެވެ.
މިސް ޔުނިވާސް 2021 ގެ އެއްވަނަ އަކީ ވިކްޓޯރިއާކަން އިއުލާނުކޮށްފައިވަނީ އެކަމަށްޓަކައި ރޭގައި މެކްސިކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތަކީ ފުރަތަމަ ފަހަރަށް ދިވެހި ކަނބަލަކު ބައިވެރިވި މުބާރާތެވެ. މުބާރާތުގައި ބައިވެރިވި ދިވެއްސަކީ ޝައިނާ ނަސީމެވެ. ޝައިނާ މުބާރާތުގައި ބައިވެރިވާން މެކްސިކޯއަށް ދާން އުޅުމުން ދިވެހިންގެ ތެރެއިން ޝައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި ޝައިނާ އެ މުބާރާތުގައި ބައިވެރިނުވުމަށްވެސް ދިވެހި ސަރުކާރުން ޝައިނާއަށް ގޮވާލިއެވެ.
އެހެންނަމަވެސް ޝައިނާ ވަނީ ގޮންޖެހުންތަކާ ސަރުކާރުގެ ގޮވާލުމަށް ބެލުމެއްނެތި މެކްސިކޯއަށް ގޮސް އެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް