ދިގު އިންތިޒާރެއްގެ ނިމުން – ރޮބޯމޭން ދަ މޫވީ ވީޑިއޯކްލަބަށް

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޮލިމްޕަސް ފުރިބާރުވެގެންދިޔައީ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުންނެވެ. ދިވެހި ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި މަގްބޫލު ކެރެކްޓާ "ރޮބޯމޭން" ހަރ...

17 Nov 2024 | 06:25

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޮލިމްޕަސް ފުރިބާރުވެގެންދިޔައީ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުންނެވެ. ދިވެހި ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި މަގްބޫލު ކެރެކްޓާ "ރޮބޯމޭން" ހަރަކާތްތެރިވާ ފިލްމު "ރޮބޯމޭން – ދަ މޫވީ" ބަލާލުމަށް ކުދި ބޮޑު ގިނަ ފަރާތްތަކަކުންވަނީ އޮލިމްޕަހަށް ގޮއްސައެވެ. މާލެ އާއި ބައެއް ރަށްރަށުގައި ކާމިޔާބު ޝޯވްތަކެއް އެޅުވުމަށްފަހު މިހާރު މިއޮތީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ދުވަސް އައިސް ޖެހިފައެވެ.

މި ނޮވެމްބަރު މަހުގެ 21 ވާ ބުރާސްފަތި ދުވަހު "ރޮބޯމޭން – ދަ މޫވީ" މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރުމަށް މިވަނީ ތައްޔާރުވެފައެވެ. މިއާއެކު މި ފިލްމު ބަލާލުމަށް ސިނަމާއަށް ނުދެވުނު ފަރާތްތްތަކަށް ގޭގައި ތިބެވެސް މި ފިލްމު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އާއިލާ އެންމެން އެކީގައި ގޭ ސިޓިންގް ރޫމްގައި ބަލާލުމަށް މިއީ ވަރަށް ފުރިހަމަ ފިލްމަކަށް ވެގެންދާނެއެވެ.

"ރޮބޯމޭން – ދަ މޫވީ" މި ފިލްމަކީ ދިވެހިންގެ މެދުގައި މަގްބޫލު ކެރެކްޓާއެއްގެ މައްޗައް އުފައްދާ އެންމެ ފުރިހަމަ މޮޅު ފިލްމުކަން ޔަގީނެވެ. މީޑިއާނެޓުގެ އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ތައްޔާރުކޮށްފައިވާ މި ފިލްމަކީ އޯރކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ. ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާރޓިސްޓުން ކަމުގައިވާ އަމީލިއާ އަދި މިޝާ ފެނިގެންދާނެއެވެ.

ވީޑިއޯކްލަބަކީ މީޑިއާނެޓުގެ ވީޑިއޯ އޮން ޑިމާންޑް ސާރވިސްއެވެ. މީޑިއާނެޓުގެ އެމް ޓީ ވީ، އެމް އެސް ޓީވީ އަދި އެމް އެސް ލައިޓް ޚިދުމަތް މެދުވެރިކޮށް ޓީވީއިން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެއެވެ އަދި އެމް އެސް ޑިޖިޓަލް ޚިދުމަތް މެދުވެރިކޮށް މޯބައިލް ޑިވައިސްތަކުން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެއެވެ.

އެމް އެސް ޓީވީ / އެމް އެސް ލައިޓް / އެމް އެސް ޑިޖިޓަލް އަށް ރަޖިސްޓަރ ކުރުމަށް: https://register.medianet.mv

ވީޑިއޯކްލަބް ކޮންޓެންޓް ޕެކޭޖު އެކްޓިވޭޓް ކުރުމަށް:  https://my.medianet.mv

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް