ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ޑރ. އިސްމާއިލް ޝަފީއު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ޑރ. އިސްމާއިލް ޝަފީއު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީންގެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ. އިސްމާއިލް ޝަފީޢަކީ، ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާގައި 2008 ވަނަ އަހަރު ގައުމަށް ޚިދުމަތްކޮއްދެއްވަން ފެށްޓެވި ބޭފުޅެކެވެ. ނ. ހޮޅުދޫ މޭނާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމް ފުރުއްވުމަށްފަހު، 2012 އިން 2015 އަށް ދިވެހި ރާއްޖޭގެ ތަޢުލީމީ ވުޒާރާގެ ނައިބުގެ މަގާމުގައި ހުންނަވައިގެން މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްދެއްވިއެވެ. އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވާސިޓީގެ ސްކޫލް އޮފް އެޑިއުކޭޝަންއިން 2019 ވަނައަހަރު ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް