ޔޫތު މިނިސްޓަރު ކަމަށް އަސްވާޑު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޔޫތު މިނިސްޓަރު ކަމަށް އިބްރާހިމް ވަހީދު (އަސްވާޑު) އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް އަސްވާޑު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަ...

17 Nov 2023 | 17:48

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޔޫތު މިނިސްޓަރު ކަމަށް އިބްރާހިމް ވަހީދު (އަސްވާޑު) އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް އަސްވާޑު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އިބްރާހީމް ވަޙީދަކީ ދިވެހި ނޫސްވެރިކަމާ މީޑިއާގެ ދާއިރާގައި ވަރަށް ޚިދުމަތްތެރި ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނު މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގައި، ނޫސްވެރިކަމުގެ ދާއިރާއިންނެވެ. މި ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުގައި ތަފާތު ތަމްރީނުތައް ފުރިހަމަކުރެއްވުމުގެ އިތުރަށް ނޫސްވެރިކަމަށް ގިނަ ބަޔަކު ވަނީ ނެރެދެއްވާފައެވެ. އިބްރާހީމް ވަޙީދަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ވަގުތު ޓީވީގެ އެއް މުއައްސިސެވެ. ސަންގުޓީވީ ހިންގެވުމުގެ އިތުރުން، ރާއްޖެ ޓީވީއާ، މިނިވަން ނިއުސްއާ، ހާމަ ނޫހާ، ޓީވީ މޯލްޑިވްސްގައިވެސް ޚިދުމަތްކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް