ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހޯމް މިނިސްޓަރު ކަމަށް އަލީ އިހުސާން އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް އަލީ އިހުސާން އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ޢަލީ އިޙްސާން ވަނީ އެމެރިކާގެ މިލިޓްރީ އެކަޑަމީގައި، ޑިފެންސް ސްޓްރެޓެޖިކްގެ ރޮނގުންނާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައެވެ. އަދި ނަންޔަންގް ޓެކްނޮލޮޖީ ޔުނިވަރސިޓީގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓަރސް ޙާޞިލްކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ކެޕްޓަން ރޭންކުގައި 11 އަހަރު ޚިދުމަތްކުރެއްވިއެވެ. ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާ އޮޑިޓް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވިއެވެ. އެމަނިކުފާނަކީ ދިފާޢީ ކަންކަމާ، ހިންގުމާ، ވިޔަފާރިއާ، ޓެކްނޮލޮޖީގެ ދާއިރާގައިވެސް ތަޖްރިބާކާރު ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް