ލޯކަލް ގަވަނަންސް މިނިސްޓަރު ކަމަށް އާދަމް ޝަރީފް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު ކަމަށް އާދަމް ޝަރީފް އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް އާދަމް ޝަރީފް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލ...

17 Nov 2023 | 17:32

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު ކަމަށް އާދަމް ޝަރީފް އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް އާދަމް ޝަރީފް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު އާދަމް ޝަރީފަކީ އިނގިރޭސިވިލާތުގައި ތަޢުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ އެ ދާއިރާގެ ތަޖްރިބާކާރެކެވެ. 1981 ވަނަ އަހަރު ޤައުމަށް ޚިދުމަތްކުރައްވަން އެމަނިކުފާނު ފެށްޓެވީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. ޓީޗަރުން ތަމްރީންކުރުމުގެ ދާއިރާގައި ދިގު މުއްދަތަކު ޚިދުމަތްކުރެއްވިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރެއްވިއެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރުކަމުގެ މަގާމުވެސް އެމަނިކުފާނުވަނީ ފުރުއްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް