ހެލްތު މިނިސްޓަރު ކަމަށް ޑރ. ޚަލީލް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ ޚަލީލް އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ޑރ. ޚަލީލް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒ...

17 Nov 2023 | 17:28

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ ޚަލީލް އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޑރ. ޚަލީލް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ޑރ. ޢަބްދުﷲ ޚަލީލް ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1997 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ މާލީ ވުޒާރާގެ އިސް މަގާމުތަކެއް ފުރުއްވިއެވެ. އަރިއަތޮޅު އުތުރުބުރިއާ، ނޫނު އަތޮޅުގެ އަތޮޅުގެ ވެރިކަން ކުރެއްވިއެވެ. ދިވެހި ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވިއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ. އެމަނިކުފާނު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލްކުރައްވާފައި ވަނީ ޕަބްލިކް ޕޮލިސީގެ ދާއިރާއިން، ޔުނިވަރސިޓީ އޮފް ބުރޫނާއީ ދާރުއްސަލާމްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް