ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ކަމަށް ތޯރިގް އިބްރާހިމް އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ތޯރިގް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ޠާރިޤު އިބްރާހީމް ވަނީ، ބިލްޑިންގް ސައިންސްގެ ދާއިރާއިން ސިންގަޕޫރުގައި، އަދި ބިލްޑިންގް ސާވިސަސް އިންޖީނިއަރިންގްގެ ދާއިރާއިން އިނގިރޭސިވިލާތުގައި މަތީ ތަޢުލީމު ޙާޞިލްކުރައްވާފައެވެ. އެޗް.ޑީ.ސީ އާ އެމް.ޓީ.ޑީ.ސީ ގެ ޑިރެކްޓަރުންގެ ބޯޑުގައި ޚިދުމަތްކުރެއްވިއެވެ. މޯލްޑިވްސް އެނާޖީ އޮތޯރިޓީއާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ކުރެއްވިއެވެ. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ އެއް މުއައްސިސަކީ ޠާރިޤު އިބްރާހީމެވެ. މިނިސްޓަރ އޮފް އެނާޖީ އެންވަރަރަންމަންޓް އެންޑް އެނާޖީގެ މަގާމު 5 އަހަރުދުވަހު އެމަނިކުފާނު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް