ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަމަށް ޑރ. މުހައްމަދު ޝަފީގް އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ޑރ. ޝަފީގް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކެމްބޯޑިޔާގެ އައިއައިސީ ޔުނިވާސިޓީއިން ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ޑރ. މުޙައްމަދު ޝަފީގަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނަވައި، އެ ކޯޕަރޭޝަންއަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯއްދަވާދެއްވާފައެވެ. މާލީ އަދި އިޤްތިޞާދީ ކަންކަމުގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށްވެސް އެމަނިކުފާނު ކޮންސަލްޓެންސީ ދެއްވާފައިވެއެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުކަންވެސް 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަދާކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް