ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމަށް ޑރ. އަލީ ހައިދަރު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ޑރ. އަލީ ހައިދަރު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ޕްލޭނިން ސްޓަޑީސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ޑރ. ޢަލީ ޙައިދަރުވަނީ، އިނގިރޭސިވިލާތާ ޖަރުމަންވިލާތުން މަތީ ތަޢުލީމް ހާސިލް ކުރައްވާފައެވެ. އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކްގައި ޚިދުމަތް ކުރެއްވިއެވެ. ޑިވޮލޮޕްމަންޓް ޕްލޭނިންގ ސްޕެޝަލިސްޓެއްގެ ގޮތުގައި އެމެރިކާގައިވެސް މަސައްކަތް ކުރެއްވިއެވެ. ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1981 ވަނަ އަހަރުއެވެ. އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ އެކި މަޤާމުތަކުގައި ރާއްޖޭގެ ރަށްވެހި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. މީގެ ކުރީން 2008 ވަނަ އަހަރުވެސް ހައުސިންގ މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް