ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ގައުމިއްޔަތު މިނިސްޓަރު ކަމަށް އާދަމް ނަސީރު އިބްރާހިމް އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް އާދަމް ނަސީރު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ދިވެހި ބަހުގެ ފުންނާބު އުސް އުސްތާޛެއް ކަމުގައިވާ އާދަމް ނަޞީރު އިބްރާހީމަކީ ބަހަވީ ފަންނުތަކާ، ޅެންވެރިކަމާ، ލިޔުންތެރިކަމާ، ވާހަކަދެއްކުންތެރިކަން އުނގަންނައިދެއްވުމުގައި ޤައުމީ ޚިދުމަތްތެރިއެކެވެ. ރާއްޖޭގެ އެންމެ މަޤްބޫލު ޝާޢިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. ތާރީޚީ އަދަބީ އަދި ޘަޤާފީ ލިޔުންތަކާ ދިރާސާތައް ދަނީ ކުރައްވަމުނެވެ. އެމަނިކުފާނަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ފުލުހުންގެ ކޮންސަލްޓަންޓެއްގެ މަގާމާ، ބަސްކޮމެޓީގެ މެންބަރުކަމުގެ މަގާމު އަދާކުރެއްވިއެވެ. ދިވެހިބަސް އުނގަންނައިދެއްވުމުގެ ރޮނގުން މާސްޓަރސް ޑިގްރީ އެމަނިކުފާނު ވަނީ ޙާޞިލްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް