ދައުލަތުގެ ބަންޑާރަނައިބު ކަމަށް ކަމަށް އުޝާމް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބަންޑާރަނައިބު ކަމަށް އަހްމަދު އުޝާމް އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް އުޝާމް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައް...

17 Nov 2023 | 15:48

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބަންޑާރަނައިބު ކަމަށް އަހްމަދު އުޝާމް އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް އުޝާމް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އުޝާމްގެ ވަނަވަރަށް ބަލާލާއިރު އަލްއުސްތާޛު އަޙްމަދު އުޝާމަކީ، ޤާނޫނީ ދާއިރާއާ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާއިން، މެލޭޝިއާއާ އިނގިރޭސިވިލާތުގައި މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 10 އަހަރު ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތަކުގައި ޚިދުމަތްކުރައްވާފައެވެ. މިގޮތުން، ޑެޕިއުޓީ ސްޓޭޓް އެޓާނީކަމާ، ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްކަމާ، ޑެޕިއުޓީ އެޓާނީ ޖެނެރަލްކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. އެންމެފަހުން އަޙުމަދު އުޝާމް ހުންނެވީ ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގެ މަގާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް