ފޮރިން މިނިސްޓަރު ކަމަށް މޫސާ ޒަމީރު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމަށް މޫސާ ޒަމީރު އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް މޫސާ ޒަމީރު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން ...

17 Nov 2023 | 15:44

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމަށް މޫސާ ޒަމީރު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް މޫސާ ޒަމީރު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަމުގައި މޫސާ ޒަމީރުވަނީ 5 އަހަރުދުވަހު ޚިދުމަތްކުރައްވާފައެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމަނިކުފާނު މަތީ ތަޢުލީމު ޙާޞިލްކުރެއްވީ އިނގިރޭސިވިލާތުގައެވެ. މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި 6 އަހަރު ޚިދުމަތް ކުރެއްވިއެވެ. ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު 8 އަހަރު ފުރުއްވިއެވެ. އެމަނިކުފާނަކީ ވިޔަފާރީގެ ދާއިރާއާ ސިޔާސީ ދާއިރާގައިވެސް ތަޖްރިބާކާރު ޚިދުމަތްތެރި ބޭފުޅެކެވެ. 2015 ވަނަ އަހަރުން 2018 ވަނަ އަހަރަށް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުވަނީ އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް