ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ކެޕްޓަން އަމީން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް މުހައްމަދު އަމީން (ކެޕްޓަން އަމީން) އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ކެޕްޓަން އަމީން އައްޔަންކުރައްވާފައިވަ...

17 Nov 2023 | 15:40

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް މުހައްމަދު އަމީން (ކެޕްޓަން އަމީން) އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ކެޕްޓަން އަމީން އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ސަރުކާރުގެ ޚިދުމަތަށް މުޙައްމަދު އަމީން ފެށްޓެވީ ދިވެހި ޤައުމީ ދިފާޢީ ބާރުގައެވެ. އޭގެފަހުން، ޝްރީލަންކާއިން ޕައިލެޓް ލައިސެންސް ޙާސިލްކުރައްވައި، ކެނެޑާ، އެމެރިކާ، މެލޭޝިޔާ، އަދި ސިންގަޕޫރުން މިދާއިރާގެ އެކި ކޯސް ފުރިހަމަކުރެއްވިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރމަންކަން ކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަންގައި ޚިދުމަތްކުރެއްވި 15 އަހަރަށްވުރެ ދިގު މުއްދަތުގައި، ހެޑް އޮފް ސޭފްޓީގެ މަގާމުގެ އިތުރުން، ޑިރެކްޓަރ އޮޕަރޭޝަންސްގެ މަގާމު އަދާކުރެއްވިއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭން 2023 ގެ މެނޭޖަރަކީވެސް މުޙައްމަދު އަމީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް