ޓޫރިޒަމް މިނިސްޓަރު ކަމަށް ފައިސަލް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް އިބްރާހިމް ފައިސަލް އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ފައިސަލް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަ...

17 Nov 2023 | 15:36

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް އިބްރާހިމް ފައިސަލް އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ފައިސަލް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު އިބްރާހީމް ފައިޞަލް މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ މެލޭޝިއާގެ ވެސްޓްމިންސްޓަރ އިންޓަނޭޝަނަލް ކޮލެޖުންނެވެ. އެއީ ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިންނެވެ. ސަރުކާރުގެ ޚިދުމަތުގައި އެމަނިކުފާނު ފުރަތަމަ މަސައްކަތްކުރެއްވީ ފުލުހުންގެ އިދާރާގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑިޕިއުޓީ މިނިސްޓަރކަމުގެ މަގާމު 2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް އަދާކުރެއްވިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އެމަނިކުފާނުވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ޚިދުމަތްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް