ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ޑރ. މަރިޔަމް މާރިޔާ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ޑރ. މަރިޔަމް މާރިޔާ އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ޑރ. މަރިޔަމް މާރިޔާ އައްޔަންކުރައްވާފައިވަނީ ވަޒ...

17 Nov 2023 | 15:32

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ޑރ. މަރިޔަމް މާރިޔާ އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޑރ. މަރިޔަމް މާރިޔާ އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ޑރ.މަރްޔަމް މާރިޔާއަކީ ތަޖްރިބާކާރު ޓީޗަރެއް އަދި ޓިޔުޓަރެކެވެ. ތަޢުލީމީ ދާއިރާގައި އެކަމަނާ މަސައްކަތްކުރައްވާތާ 31 އަހަރަށްވުރެ ގިނަވެއްޖެއެވެ. 2012 ވަނަ އަހަރު، ނިއުޒީލޭންޑުގެ މޭއްސީ ޔުނިވާސިޓީގައި އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ އިތުރުން، ނިއުޒީލެންޑާ، އޮސްޓްރޭލިއާއާ، އިނގިރޭސިވިލާތުގެ އެކި ޔުނިވާސިޓީތަކުގައި ތަޢުލީމަށް ޚިދުމަތްކުރެއްވިއެވެ. ރާއްޖޭގައި އެކަމަނާ ވަނީ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ، ވިލާ ކޮލެޖާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައިވެސް މަސައްކަތްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް