ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ކަމަށް މުހައްމަދު ސައީދު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ސައީދު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު
މުޙައްމަދު ސަޢީދު އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަމުގައެވެ. 2013 އިން 2018 އަށް އެމަނިކުފާނަކީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓެވެ. ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާ، އޭޝިއާ އިންފްރާސްޓްރަކްޗަރ އެންޑް އިންވެސްޓްމަންޓް ބޭންކުގެ ޑިރެކްޓަރުކަމާ، ދައުލަތުގެ ބޮޑު 3 ކުންފުންޏެއްގެ ސުޕަރ ސީއީއޯގެ މަގާމް އެމަނިކުފާނު ފުރުއްވިއެވެ. ޓޫރިސްޓް ރިސޯޓްތައް ހިންގުމުގައި 18 އަހަރު މަސައްކަތް ކުރެއްވިއެވެ. އިޓަލީވިލާތާ އިނގިރޭސިވިލާތުގައި ޓޫރިޒަމްގެ އެކި ދާއިރާތަކުން އެމަނިކުފާނުވަނީ މަތީ ތަޢުލީމު ހާޞިލްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް