ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެގްރިކަލްޗަރ މިނިސްޓަރު ކަމަށް ޑރ. އައިޝަތު ރަމީލާ އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ޑރ. އައިޝަތު ރަމީލާ އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ޑރ. ޢާއިޝަތު ރަމީލާ ވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް އެންޑް ފެމެލީގެ މަޤާމުވެސް އަދާކުރައްވާފައެވެ. ދިވެހި ސަރުކާރުގެ ޚިދުމަތަށް ޑރ. ޢާއިޝަތު ރަމީލާ ފެށްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ވޭތުވެ މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާ ޚިދުމަތްތަކުގެ ދާއިރާގައިވެސް ޑރ. ރަމީލާގެ ޚިދުމަތް ދިވެހި ޤައުމަށް ދިޔައީ ލިބެމުންނެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް