ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ކަމަށް އަހްމަދު ޝިޔާމް އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް އަހްމަދު ޝިޔާމް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު 2013 ވަނަ އަހަރު ޖަޕާނުގެ އޮސާކާގެ ނަގޯޔާ ޔުނިވަރސިޓީ އޮފް ކޮމާރސް އެންޑް ބިޒްނަސް (އެން.ޔޫ.ސީ.ބީ) އިން މާސްޓާރސް އޮފް ބިޒްންސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރައްވާފައިވާ އަޙްމަދު ޝިޔާމަކީ ތަޢުލީމީ ގޮތުންނާއި ހުނަރުގެ ގޮތުންވެސް ވަރަށް ޤާބިލް ބޭފުޅެކެވެ. ޕްރޮފެޝަނަލް ސްކޫބާރ ޑައިވިންގ އިންސްޓްރަކްޓަރެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ވިޔަފާރީގެ ދާއިރާއާ ފަތުރުވެރިކަމުގެ ދާއިރާގައިވެސް އެމަނިކުފާނުވަނީ ޚިދުމަތްކުރައްވާ ތަޖްރިބާ ޙާޞިލްކުރައްވާފައެވެ. 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް