ޖެންޑަރ މިނިސްޓަރު ކަމަށް ޑރ. އައިޝަތު ޝިހާމް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޖެންޑާ މިނިސްޓަރު ކަމަށް ޑރ. އައިޝަތު ޝިހާމް އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ޑރ. އައިޝަތު ޝިހާމް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖި...

17 Nov 2023 | 15:10

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޖެންޑާ މިނިސްޓަރު ކަމަށް ޑރ. އައިޝަތު ޝިހާމް އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޑރ. އައިޝަތު ޝިހާމް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ޑރ. ޢާއިޝަތު ޝިހާމް ޤައުމީ ޚިދުމަތަށް ނުކުމެވެޑައިގަތީ ޓީޗަރެއްގެ ގޮތުގައި 1983 ވަނަ އަހަރުއެވެ. އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަޤާމުގެ އިތުރުން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ މަޤާމުވެސް އެކަމަނާ ވަނީ އަދާކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ވިމެންސް އެފެއަރޒް އެންޑް ސޯޝަލް ސެކިއުރިޓީގެ އިސް މަޤާމުތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވިއެވެ. އެކަމަނާ މަތީ ތަޢުލީމް ޙާޞިލްކުރައްވާފައި ވަނީ ކައުންސެލިންގ އަދި ސައިކޮލޮޖީގެ ރޮނގުންނެވެ. ސައިކޮލޮޖީގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނިއުކާސަލް ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް