ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ޑރ. ޝަހީމް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕީއެޗްޑީ ޙާޞިލްކުރައްވާފައިވަނީ އިސްލާމިކް އިކޮނޮމިކްސްގެ ރޮނގުންނެވެ. އެމަނިކުފާނަކީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމް ޝަޚްޞިއްޔަތުގެ ލިސްޓުގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ބައިނަލްއަޤްވާމީ ބޮޑެތި އިސްލާމީ ޖަމާޢަތްތަކުގައި ޚިދުމަތްކުރައްވާ މަތީ މަޤާމުތައް ފުރުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަމާ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަންވެސް ކުރައްވާފައިވެއެވެ. ދީނީ އަދި ޢިލްމީ މައުޟޫޢުތަކުގައި ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވެއެވެ. އެމަނިކުފާނަކީ ދީނީ ހޭލުންތެރިކަމާ ޢިލްމު ފެތުރުއްވުމުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް