ޑިފެންސް މިނިސްޓަރު ކަމަށް ޢައްސާން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމަށް ޢައްސާން މައުމޫން އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ޣައްސާން މައުމޫން އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީ...

17 Nov 2023 | 15:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމަށް ޢައްސާން މައުމޫން އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޣައްސާން މައުމޫން އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރު ޣައްސާންގެ ވަނަވަރަށް ބަލާލާއިރު ޔުނިވަރސިޓީ އޮފް ލަންޑަންގައި ބަޔޮމެޑިކަލް ސައިންސް ރިސާޗްގެ ދާއިރާއިންނާ، މޮލެކިއުލާ ބަޔޮލޮޖީގެ ދާއިރާއިން، މުޙައްމަދު ޣައްސާން މައުމޫން ވަނީ މަތީ ތަޢުލީމް ޙާޞިލްކުރައްވާފައެވެ. އެމަނިކުފާނަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ސިޔާސީގޮތުން މަޤްބޫލް ޝަޚްޞިއްޔަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އިމްޕްލިމޭޝަން ޑިޕާޓްމެންޓް ވަނީ ހިންގަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާ، ޒުވާނުންނާ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވިއެވެ. އެމަނިކުފާނު މިހާތަނަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކޮޅުމަޑުލު، ގުރައިދޫ ދާއިރާގެ މެންބަރުކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް