ދިވެހިރާއްޖޭގެ އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ އަދި ހުސެއިން މުހައްމަދު ލަތީފް ނައިބު ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
ރައީސްކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު އަދި ނައިބުރައީސްކަމުގެ ހުވާ ހުސެއިން މުހައްމަދު ލަތީފް ކުރެއްވީ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ. ހުވާލައިދެއްވީ މަޖިލީހުގެ ރައީސްގެ ހާޒިރުގައި އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނެވެ.
ހުވާ ކުރެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. އަދި އެމްއެންޑީއެފްގެ ބޭންޑުން ގައިމީ ސަލާމް ކުޅެފައިވެއެވެ.
ޑރ. މުހައްމަދު މުއިއްޒު ވެގެންމިދިޔައީ ދިވެހިރާއްޖޭގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް