މާލޭ ސިޓީގެ މޭޔަރު ކަމުން މުއިއްޒު އިސްތިއުފާ ދެއްވައިފި

މާލޭ ސިޓީގެ މޭޔަރު ކަމުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ މި ފުރުސަތުގައި، މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލ...

17 Nov 2023 | 10:01

މާލޭ ސިޓީގެ މޭޔަރު ކަމުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ މި ފުރުސަތުގައި، މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށާއި އަދި، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން ޑރ. މުއިއްޒު މޭޔަރ ކަމަށް ހޮވުމަށް ކުރެއްވި ތާޢީދަށާއި، މޭޔަރ ކަމުގައި ޚިދުމަތް ކުރުމުގައި ދެއްވި ތާޢީދާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ.

"މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ޙާސިލް ކޮށްދިނުމުގައި ވަރުގަދަ ޢަޒުމުގައި މަސައްކަތްކޮށް، މާތް ﷲ އިރާދަފުޅާއެކު، އެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދޭނަން" ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މާލޭ ސިޓީގެ މޭޔަރު ކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު ޑރ. މުއިއްޒު މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާނެއެވެ. ހުވާ ކުރެއްވުމުގެ ޖަލްސާ މިއަދު 04:30 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް