މިއަދު ދައުރު ނިމިގެންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރު އެ ނިންމާލަނީ ހަޒާނާއަށް ވަރަށް ދަތިކޮށްފައި ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހާއި އެމްޑީޕީ ދައުރު މި ނިންމާލަނީ މަދުން ނޫނީ ދިވެހި ވެރިކަމެއް ދިވެހި ހަޒާނާ އަށް ދަނި ނުވާ މިންވަރަށް ދަތިކޮށްފައި ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ވަރަށް ނާޒުކު ފައްތަރެއްގައި، ޑރ. މުއިއްޒަށްވެސް ބަޖެޓް ސަޕޯޓް ހޯދަން ދަތިވާނެ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ އެ ޓްވީޓް ނިންމަވާލައްވާފައިވަނީ އަންނަ ޑިސެމްބަރު މަހަކީ ވަރަށް އުނދަގޫވާނެ މަހެއްކަމުގައި ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް