ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ އިރު، އުރީދޫއިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.
އުރީދޫ ފަން ރަން ބިބް ގައި ނަން ޖެއްސަވާނެ ގޮތް:
- ރެޖިސްޓަރ ކޮށްލުމަށް މޫލީއަށް ޒިޔާރަތްކޮށްލައްވާ: https://mool.ee/funrun2023
- ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓް އަށް އެޑް ކޮށްލައްވާ
- ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކުރައްވާ
- ޑެލިވަރީ އެޑްރެސް އިޚްތިޔާރު ކުރައްވާ
- ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖައްސަވަން ބޭނުންފުޅުވާ ނަން ނަން (ގިނަވެގެން 7 އަކުރު) ޖައްސަވާ
- އޯޑަރ ކަށަވަރު ކުރެއްވުމަށް ފައިސާ ދައްކަވާ
އުރީދޫއިން މައުލޫމާތުދޭގޮތުގައި އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ.
އެއީ:
- ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ، 100 ރުފިޔާގެ ސްޓޭންޑަޑް ކިޓް
- ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑާއި ފޮތިކޮޅަކާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމޭނޭ، 200 ރުފިޔާގެ ފަން ކިޓް
އުރީދޫ ފަން ރަން ގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަ ޖެހިފައިވާ އިރު ހަވީރު ބޭއްވޭ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެ އެވެ. ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން އަށް ރެޖިސްޓަރ ވުމަށް http://ore.do/funrun2023 ޒިޔާރަތްކުރައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް