ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވުން މިރޭ

އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވުން މިރޭ އޮންނާނެ ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ. އެގޮތުން އެ އޮފީހުން މިއަދު ބުނެފައިވަނީ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލައްވާ ވަޒީރުންގެ މ...

17 Nov 2023 | 05:52

އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވުން މިރޭ އޮންނާނެ ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.

އެގޮތުން އެ އޮފީހުން މިއަދު ބުނެފައިވަނީ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަގާމުގެ ގާނޫނީ ހުވައިކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 07:45ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ ކަމަށެވެ.

"ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަނުކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެ" ރައީސް އޮފީހުން ބުނެފައިވެއެވެ.

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވައި، އަދި ހުސެއިން މުހައްމަދު ލަތީފް، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ހުވާ މިއަދު ކުރައްވާނީ މިއަދު ހަވީރު 04:45ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް