ވޯލްޑްކަޕާއި ދިމާކޮށް ދިރާގުގެ "ފުޓުބޯޅަ އީދު" އިފްތިތާހު ކޮށްފި

އަންނަ އާދިއްތަ ދުވަހު ފަށާ ވޯޑްލް ކަޕާ ގުޅުވައިގެން ދިރާގުން ފަށާ "ފުޓުބޯޅަ އީދު" އިފްތިތާހު ކޮށްފި އެވެ. މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އީދު އިފްތިތާޙުކޮށްދެއްވީ އެ ކުންފ...

17 Nov 2022 | 18:22

އަންނަ އާދިއްތަ ދުވަހު ފަށާ ވޯޑްލް ކަޕާ ގުޅުވައިގެން ދިރާގުން ފަށާ "ފުޓުބޯޅަ އީދު" އިފްތިތާހު ކޮށްފި އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އީދު އިފްތިތާޙުކޮށްދެއްވީ އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން، ހަސަން ޝާރިހެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، ފުޓުބޯޅަ އީދުގައި ހާއްސަ ޕްރޮމޯޝަންތަކަކާއި އޮފާތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރެއިން ތިން އޮފާއެއް މިއަދު އިއުލާންކުރި އެވެ.

އެއީ، ކޮންމެ ކަސްޓަމަރަކު ވެސް ސަޕޯޓު ކުރާ ޓީމުން ގޯލެއް ޖެހުމުން ލިބޭ "ޖެހީ ލިބުނީ ޖީބީ" އޮފާ އާއި 350 ރުފިޔާ އަށް 30 ދުވަހަށް 25ޖީބީ ލިބޭ "މެޖިކް ޑޭޓާ" ލިބުމެވެ.

މޮބައިލް ޕޯސްޓްޕެއިޑާއި މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑްގެ ވަކި ޑޭޓާ ބޫސްޓާތަކެއް ނެގުމުން އެއް އަގެއްގައި ހިލޭ ދެގުނަ ޑޭޓާ ލިބޭ "ޑަބަލް ޑޭޓާ" އޮފާވެސް ހިމެނެ އެވެ. އެ އޮފާތަކުގެ ތެރެއިން "މެޖިކް ޑޭޓާ" ނަގާ ކަސްޓަަމަރުންގެ ތެރެއިން 100 ޕަސެންޓާ ހަމައަށް ހިލޭ އިތުރު ޑޭޓާ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝާރިހު ވިދާޅުވި އެވެ.

ދިރާގުން ބުނީ އެ ކެމްޕެއިންގެ ދަށުން އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކުރިއަށް ގެންދާ "ގެސް ދަ ޕްލޭޔާ" ކުއިޒުގައި ބައިވެރިވެގެން 3،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ނަސީބުވެރި ފަސް މީހަކަށް ދޭނެ އެވެ. އަދި ބޮޑު އިނާމެއްގެ ގޮތުން ޕީއެސް 5 އާއި ފީފާ 2023 ގެ ގޭމް ސީޑީއެއް ވެސް ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް ދިނުމަށް ވަނީ ހަމޖެހިފަ އެވެ.

"ފުޓުބޯޅަ އީދު"ގެ ދަށުން ވައިބާ އަދި ޓެލެގްރާމް ސްޓިކާ ޕެކެއް ވެސް ދިރާގުން ވަނީ ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް