ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.
އެ ކުންފުނިން ބުނީ މަސައްކަތް ފެށމަށް ބޮޑު ޖައްރާފާ މަގޫދޫއަށް ގެންގޮސްފައިވާ ކަަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން ކުރިޔަށްދާ ރަށުގެ ބަންޑް ވޯލް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައި އެވެ.
މި މަޝްރޫޢުގެ ދަށުން، ރަށުގެ ތަރައްޤީއާއި އެހެނިހެން ބޭނުންތަކަށް ޙާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އެ ރަށުގެ އެއޕޯޓް ތަރައްޤީ ކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
އެމްޓީސީސީން ބުނީ މަޝްރޫއު ނިމޭއިރު 3,339 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ 206.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް