އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ މީހުންގެ ހަށިތައް ގައުމަށް ފޮނުވައިފި

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ އެންމެންގެ ހަށިތައް ގައުމަށް ފޮނުވައިފި އެވެ. އެގޭގައި އަލިފާން ރޯވީ މިމަހުގެ10 ވަނަ ދުވަހުގެ ރޭ12:27 ހާއިރު އެވެ. އެ ހާދިސާގައި10 ބިދޭސީ...

17 Nov 2022 | 12:10

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ އެންމެންގެ ހަށިތައް ގައުމަށް ފޮނުވައިފި އެވެ.

އެގޭގައި އަލިފާން ރޯވީ މިމަހުގެ10 ވަނަ ދުވަހުގެ ރޭ12:27 ހާއިރު އެވެ. އެ ހާދިސާގައި10 ބިދޭސީން މަރުވި އެވެ.

މިހާދިސާގައި އިންޑިއާގެ އަށް މީހުން މަރުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި ތިން އަންހެނުންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އެ އެންމެންގެ ހަށިތައް ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

ހައި ކޮމިޝަނުން ވަނީ މަރުވި އިންޑިއާ މީހުންގެ ހަށިތައް ގައުމަށް ގެންދިއުމަށް ފޮރިން މިނިސްޓްރީލް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި އެވެ.

އަލިފާނުގެ ހާދިސާގައި ދެން މަރުވީ ބަންގްލަދޭޝް އަންހެނަކާއި ފިރިހެނެކެވެ. އަދި ފިހުނު ބަންގްލަދޭޝް މީހަކަށް އަދިވެސް ވެންޓިލޭޓަރުގައި އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ އެގޭގައި އަލިފާން ރޯވީ ތިރީގައި ހިންގާ ގަރާޖުގައި ކަމަށެވެ. އަދި މުޅިގޭގައި ހުޅުހިފަން ނެގީ ދޮޅު މިނެޓެއްހާއިރު ކަމަށް ބުނެފައިވެ އެވެ. އެހާ އަވަހަށް ހުޅުހިފީ ބިދޭސީންނަށް ކުއްޔަށްދޭ ބައިގަ ގިނަ އަދަދަކަށް ކައްކާ ގޭސް ހުރުމުން ގޭސްފުޅިތައް ގޮވައިގެން ކަމަށްވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް